އާތުރައިޓިސް އާއި ރޫމެޓޮލޮޖީގެ އެހެން މައްސަލަތަކަށް ހާއްސަ ކްލިނިކް
ރޫމެޓޮލޮޖީގެ އެކިއެކި މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލްއިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. މި ކްލިނިކް އިންތިޒާމްކުރުމުގެ މަގުސަދަކީ ރޫމެޓޮލޮޖީގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ހުޅުތަކުގައި ރިއްސުމާއި ހުޅުތައް ދުޅަވުން ނުވަތަ ހަރުވުން ފަދަ މައްސަލަތަކާއި ނުވަތަ އޮޓޯއިމިއުން މައްސަލަތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއީ ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށްގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ މިހާރު ވެސް ފަރުވާ ކުރިއަށްގެންދާ ފަރާތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް، މިކަމުގެ ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ދުޅަހެޔޮކަމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.