ނާރުގެ މައްސަލަތަކަށް ހާއްސަ ކްލިނިކް
ނާރުގެ އެކިއެކި މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލް އިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. މި ކްލިނިކް އިންތިޒާމްކުރުމުގެ މަގުސަދަކީ، ނާރާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބޮލުގައި ރިއްސުން، ފިޓް ޖެހުން، ބޯއެނބުރުން، ހަނދާނުގެ މައްސަލަތައް، ސްޓްރޯކްގެ އަލާމާތްތައް އަދި ސިކުނޑިއާއި މައިބަދަ އާއި ނާރުތަކަށް ކުރިމަތިވާ އެހެން އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއީ ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށްގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ މިހާރު ވެސް ފަރުވާ ކުރިއަށްގެންދާ ފަރާތްތަކުގެ ތެރެއިން ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް ނާރުގެ ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ނާރާ ގުޅުންހުރި ކަންކަމުގެ ދުޅަހެޔޮކަމަށްޓަކައި އަދި ޖުމްލަކޮށް ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.