އޮސްޓިއޯއާތުރައިޓިކް ގެ ސަބަބުން ކަކުލުގައި ރިއްސާ ރިއްސުމަށް ސާޖަރީއާ ނުލައި، ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަންގެ އެހީގައި ލުއި ހޯއްދަވާ!
ކަކުލުގެ އޮސްޓިއޯއާތުރަޓިސް އަކީ ކޮބާ؟
އުމުރުން 40 އަހަރުން މަތިވުމަށްފަހު، ކަކުލު ހުޅު މަޑުމަޑުން ގޭނި ހަލާކުވަމުން ގޮސް، ކަކުލުހުޅާއި ކަކުލުގެ ކަށިތަކާ ދެމެދު މަޑު ކުޝަނެއް ގޮތަށް ހުންނަ ޓިޝޫތައް (އާޓިކިއުލާ ކާޓިލޭޖް) ދުވަހަކަށްވުރެ ދުވަހެއް ބޮޑަށް ހަލާކުވާން ފަށައެވެ. މިކަމަށް ކިޔަނީ ކަކުލުގެ އޮސްޓިއޯއާތުރައިޓިސްއެވެ. އެ މަޑު ޓިޝޫތައް ހަލާކުވުމުން ކަކުލުގެ ކަށިތައް އެކަތި އަނެކެއްޗާ ކޭތި، ކަށިތައް ގޭނެމުން ދިޔުމުން ތަދުވުމާއި ދުޅަވުން އަދި ކަށި ހަރުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން އާންމުކޮށް ކޮށް އުޅޭ ކަންކަމަށް އަސަރު ކުރެއެވެ. މިގޮތުން، އިށީނދެ އިނުމާއި ކޮޅަށް ހުރުން، ހިނގުން، ގުދުވުން އަދި ސިޑިން އެރުން ފަދަ ކަންކަމަށް އުނދަގޫވެއެވެ. ޖުމްލަ ގޮތެއްގައި، އެކަމުގެ ސަބަބުން މީހެއްގެ އާންމު ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވ
އޮސްޓިއޯއާތުރައިޓިކް ކަކޫ
ކަކުލުގެ އޮސްޓިއޯއާތުރައިޓިސްއަށް ކުރާ، ރަނގަޅު ނަތީޖާ ނުފެންނަ ފަރުވާތައް
އޮސްޓިއޯ އާތުރައިޓިސްގެ ކުރީކޮޅު އަދި މެދު ސްޓޭޖްގައިވާ ބަލިމީހުން، އެ އުނދަގޫތަކަށް ލުއި ހޯދަން ލުބްރިކެންޓް އަދި ބޭސް ބޭނުންކޮށްގެން ފަރުވާ ހޯދަން މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އެ ފަރުވާތަކުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް (ސައިޑް އިފެކްޓް) ކުރިމަތިވާކަން އެމީހުންނަށް ވެސް ފާހަގަ ވާން ފަށައެވެ. ބައެއް މީހުން ވިސްނާނީ ކަކުލަށް އިންޖެކްޝަނެއް ޖެހުމަށެވެ. ނަމަވެސް މިގޮތަށް ޖަހާ ބައެއް އިންޖެކްޝަންތަކަކީ އޭގައި ސައިޑް އިފެކްޓްތަކެއް އެކުލެވޭ ސްޓެރޮއިޑް ކަމަށް ވާތީ އިންޖެކްޝަން ޖެހުމުގެ ވިސްނުން ދޫވެސް ކޮށްލަފާނެއެވެ.
ކަކުލަށް ސްޓެމް ސެލް އިންޖެކްޓް ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ނަތީޖާއެއް ފެންނަ ކަމެއް ނޫނެވެ. މިފަދަ އެއްވެސް ފަރުވާއަކުން ކަކުލުގެ ރިހުމަށް ލުޔެއް ނުލިބޭއިރު، އޭގެ ބަދަލުގައި ކުރިމަތިވަނީ ނޭދެވޭ ބޮޑެތި ސައިޑް އިފެކްޓްތަކެވެ.
ކަކުލުގެ އޮސްޓިއޯ އާތުރައިޓިސްއަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކަކޫ ބަދަލުކުރުމުގެ ސާޖަރީއެވެ. އެހެން ނަމަވެސް ސާޖަރީއަށް ދާން ބޭނުން ނުވާ މީހުން ވެސް އުޅެއެވެ. އުމުރު ހަގު ކަމުން، މެޑިކަލް ސަބަބަކާ ހުރެ، ނުވަތަ ސާޖާރީކުރަން ބިރުން ވެސް މި ފަރުވާ ހިޔާރުކުރަން ޖެހިލުން ވެއެވެ.
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން އަކީ ކޮބާ؟
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަނަކީ ވަރަށް ކުޑަކުޑަ ކެފުމަކާއެކުލޯވަޅެއް ތޮރުފައިގެން ދޭ ފަރުވާއެކެވެ. މި ފަރުވާއިން ކަކުލުގެ އޮސްޓިއޯއާތުރައިޓިސް ހުންނަ މީހުންގެ ކަކުލުގެ ދުޅަ ތިރިކޮށްދީ، ރިހުމަށް ލުއި ލިއްބައިދެއެވެ. މިއީ ކަފާލައިގެން ކުރާ އޯޕެން ސާޖަރީއަކަށް ނުވާތީ ހޭނައްތާކަށް ވެސް ނުޖެހެއެވެ. އަދި މި ޕްރޮސީޖާގެ ސަބަބުން ލަކުނެއް ނުހުންނާނެއެވެ. މި ފަރުވާއަށް ފަހު 2 ދުވަސް ތެރޭ ބަލިމީހާ ހޮސްޕިޓަލުން ދޫކޮށްލައެވެ.
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަންއަކީ ކިހިނެއް ކުރާ ކަމެއް؟
ސިނޮވިއަމް އަކީ ކަކުލު ހުޅުގެ ކެވިޓީގެ އެތެރޭގައިވާ ފަށަލައެކެވެ. ކަކުލުގެ ކަށިތައް ކޭތުމުގެ ސަބަބުން މި ފަށަލަ ދުޅަވާ ގޮތް ދިމާވެއެވެ. ދުޅައިގެ ސަބަބުން އެ ސަރަހައްދަށް ޖަމާވާ ލޭގެ މިންވަރު އިތުރުވެ، އާ ނާވް ފައިބަރ އުފެދެން މެދުވެރިވެއެވެ. އެއީ ކަކުލުގައި ގަދަޔަށް ރިއްސަން ދިމާވާ ސަބަބެކެވެ.
ސިނޮވިއަމް އަކީ ކަކުލު ހުޅުގެ ކެވިޓީގެ އެތެރޭގައިވާ ފަށަލައެކެވެ. ކަކުލުގެ ކަށިތައް ކޭތުމުގެ ސަބަބުން މި ފަށަލަ ދުޅަވާ ގޮތް ދިމާވެއެވެ. ދުޅައިގެ ސަބަބުން އެ ސަރަހައްދަށް ޖަމާވާ ލޭގެ މިންވަރު އިތުރުވެ، އާ ނާވް ފައިބަރ އުފެދެން މެދުވެރިވެއެވެ. އެއީ ކަކުލުގައި ގަދަޔަށް ރިއްސަން ދިމާވާ ސަބަބެކެވެ.
ޖެނިއުލާ އާޓަރީ އެމްބޮލައިޒޭޝަން ހަދާއިރު އުކުޅުވަޅު ސަރަހައްދު އައްސިކުރުމަށްޓަކައި އިންޖެކްޝަނެއް ޖަހާނެއެވެ. ދެން، 2 މިލިމީޓަރުގެ ލޯވަޅެއް އަޅައި، ފަލަމަސްގަނޑުގައި ވާ ލޭހޮޅިއަކަށް ކެތެޓަރ ކިޔާ ހިމަ ހޮޅިއެއް ވައްދައެވެ. އެކްސްރޭއިން ބަލައިގެން އެ ހޮޅި ކަކުލު ހުޅުގެ ވަށައިގެންވާ ލޭހޮޅިތަކާ ހަމައަށް ގެންދެއެވެ. އަލަށް އުފެދިފައިވާ ނާވް ފައިބަރތައް ދެނެގަތުމަށްޓަކައި ހާއްސަ އެކްސްރޭ ކޮންޓްރާސްޓް ލިކުއިޑެއް އިންޖެކްޓު ކުރާނެއެވެ.
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަންއަކީ ކިހިނެއް ކުރާ ކަމެއް؟
އެ ހޮޅިތައް ދެނެގަނެވުމުން ކުދިކުދި އެތިކޮޅުތަކެއް ކެތެޓާ ތެރެއިން އެ ހޮޅިތަކަށް ފޮނުވާލެއެވެ. މީގެ ބޭނުމަކީ އެ ފައިބާތަކަށް ލޭ ފޮނުވުން ހުއްޓުވުމެވެ. ނަތީޖާއެއްގެ ގޮތުން ކަކުލުގެ ދުޅަ ތިރިވެ، ރިހުން މަޑުވެއެވެ. މި ޕްރޮސީޖާ ނިމުމުން ކުރިން ލެއްވި ކެތެޓާ ނެރޭނެއެވެ.
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ހެދުމަށް ފަހު ވާނީ ކިހިނެއް؟
ކުޑަ ކެފެމަކާއެކު ކުރެވުން
ރަނގަޅުވާން ނަގާ މުއްދަތު ކުރުވުން
ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވުން
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ބައްލަވާ!
ކުޑަކުޑަ ކެފުމަކާއެކު ހޮޅިތޮރުފައިގެން ކުރެވޭ، ކަކުލުގެ އޮސްޓިއޯ އާތުރައިޓިސް ހުންނަ މީހުންގެ ކަކުލުގެ ދުޅަ ތިރިކޮށްދީ ރިހުން ފިލުވައިދޭ ޕްރޮސީޖާ ބައްލަވާ!
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަންއަކީ ކޮބާ؟ އަދި އެއީ ކިހިނެތް ކުރާ ކަމެއް؟
(ވީޑިއޯ)
VIDEO
ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން ރަނގަޅުވާނީ ކޮން ބަޔަކަށް؟
ކަކުލުގެ އޮސްޓިއޯ އާތުރައިޓިސްގެ ސަބަބުން ގަދަޔަށް ރިއްސާ، އެހެން ނަމަވެސް ތިރީގައިވާ ފަދަ ސަބަބަކާ ހުރެ ކަކޫ ބަދަލުކުރުމުގެ ސާޖަރީ ހަދަން ބޭނުން ނުވާ މީހުންނަށް ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަންއަކީ އެންމެ ރަނގަޅު ހައްލެވެ.
ކަކޫ ބަދަލުކުރާ ސާޖަރީ ހަދާ ވަރަށް ވުރެ ޒުވާން ވުން
މެޑިކަލް ސަބަބަކާ ހުރެ ސާޖަރީ ހަދަން އެކަށީގެން ނުވުން
ސާޖަރީ ހަދަން ޖެހިލުން ވުން ނުވަތަ ބިރުގަތުން
މިއޮޓް އިންޓަނޭޝަނަލް އިން ދަ ހިންދޫ އާ ގުޅިގެން ‘ޖެނިކިއުލާ އާޓަރީ އެމްބޮލައިޒޭޝަން’ އާ ގުޅެގޮތުން ވެބިނާއެއް ބޭއްވި
VIDEO