ހަކުރުބަލި، ހޯމޯން އަދި ތައިރޮއިޑްގެ މައްސަލަތަކަށް ހާއްސަ ކްލިނިކް
ހަކުރުބައްޔާއި ތައިރޮއިޑްގެ މައްސަލަތައް ފަދަ އެންޑޮކްރިނޮލޮޖީގެ އެކިއެކި މައްސަލަތަކަށް ލަފާ ދިނުމަށްޓަކައި އިންޑިޔާގެ މިއޮޓް އިންޓަނޭޝަނަލްއިން އަންނަނީ ހާއްސަ ކްލިނިކެއް އިންތިޒާމް ކުރަމުންނެވެ. މި ކްލިނިކް އިންތިޒާމްކުރުމުގެ މަގުސަދަކީ، އަވަސް އަވަހަށް ކުޑަކަމުދެވުން، މާބޮޑަށް ފެން ބޮވައިގަތުން، ގޮތް ނޭނގި ބަރުދަން ލުއިވުން، ވަރުބަލިވުން، ހަކުރުބަލި، ތައިރޮއިޑްގެ މައްސަލަތައް، ހޯމޯން ބެލެންސް ނުވުން އަދި މި ނޫން ވެސް އެންޑޮކްރައިން ނިޒާމާ ގުޅުންހުރި އެކި އުނދަގޫތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއީ ޓެސްޓެއްގެ ނަތީޖާއެއް ޔަގީންކޮށްލުމަށް ނުވަތަ ފަރުވާ ކުރިއަށް ގެންދާނެ ގޮތަކާ މެދު ދެ ވަނަ ލަފައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތަކަށް ވާނެއެވެ. ހަމަ އެހެންމެ، މިހާރު ވެސް ފަރުވާ ކުރިއަށްގެންދާ ފަރާތްތަކުގެ ތެރެއިން، ފެންވަރު ރަނގަޅު ފަރުވާގެ އެހެނިހެން ފުރުސަތުތައް އޮޅުންފިލުވާލަން ބޭނުންވާ ފަރާތްތަކަށް ވެސް ރަނގަޅު ފުރުސަތެކެވެ. ފުންނާބު އުސް އެންޑޮކްރިނޮލޮޖިސްޓުންގެ ތަޖުރިބާގެ އަލީގައި މި ކްލިނިކުން ކޮންމެ ބަލިމީހެއްގެ ހާލަތަށް ބަލައި އެ މީހަކަށް ހާއްސަ ލަފާ ފޯރުކޮށްދޭނެއެވެ. އަދި ވަރަށް ތަފްސީލުކޮށް އެސެސްމެންޓް ހަދައި، އެއަށް ބިނާކޮށް ރަނގަޅު ސިއްހަތަކަށްޓަކައި އަދި ޖުމްލަ ގޮތެއްގައި ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި އަމަލުކުރަންވީ ގޮތުގެ ލަފާ ދޭނެއެވެ.